ވިޔަފާރި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެޖެންޓުކަން 136 ފަރާތަކަށް


އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންއިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް އެފަރާތަކަށް އޭޖެންޓް ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އޭޖެންޓު ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯއިން އެތެރެކުރާ ބުރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 ޕީޕަލްސް ޗޮއިސް އޭޖެންޓުން ވަނީ އައްޔަންކޮށްފައެވެ. އެސްޓީއޯ އިން އޭޖެންޓުން އައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިއެސްޓީއޯގެ ޕްރޮޑަކްޓްސް ތަކުގެ މައުލޫމާތު މި އޭޖެންޓުންނާއި ވަނީ ހިއްސާކޮށްފައެވެ.

އެސްޓީއޯއިން ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅު ތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުންކަމަށެވެ.

މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް އަދި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ތިބިއިރު މި ފަރާތްތަކަށްވެސް އެސްޓީއޯ ޕީޕަލްޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެއެވެ.