ސިޔާސީ

ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ


ސަރުކާރު ހިންގާ މައި
ޕާޓީ ޕީޕީއެމުން މިމަހުގެ 21 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާ
ޖަލްސާ ވެގެންދާނީ، ރަށްޔިތުންނަށް އުފާވެރި ޚަބަރުތަކެއް އިވިގެންދާނެ
ޖަލްސާއަކަށްކަމަށް ޕީޕީއެމުން ބުނެފިއެވެ. 

ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު
ދެއްވަމުން އެޕަޓީގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، 21 ވަނަ ދުވަހު ބާއްވާ ޖަލްސާގައި، ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ވަރަށް
މުހިންމު ކަންތައްތަކެއް އިޢުލާނު ކުރައްވާނެކަމަށެވެ.


ޕީޕީއެމްގެ ހުސްވެފައިވާ އެއް ނާއިބު ރައީސްގެ މަޤާމާއި ގުޅޭގޮތުން އަބްދުއްރަޙީމް
ވިދާޅުވީ، ޕާޓީގެ ކައުންސިލްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، 21 ވަނަ
ދުވަހުގެ ރޭ ބާއްވާ ޖަލްސާގެ ކުރިން ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ގޮތެއް
ނިންމޭނެ ކަމަށް ބެލެވޭކަމަށެވެ.