ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ


މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމްއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އަޙްމަދު ވިއާމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިފައެވެ.