ދީން

އެމްޓީސީސީގެ ޙަރަދުގައި ކޮންމެ އަހަރަކު 3 މުވައްޒަފުން ޙައްޖަށް


އެމް.ޓީ.ސީ.ސީގެ މުއައްޒަފުންގެ
ތެރެއިން ހޮވާލެވޭ ތިން މުއައްޒަފަކު، އެކުންފުނީގެ ޚަރަދުގައި މިއަހަރުން
ފެށިގެން ކޮންމެ އަހަރަކު ޙައްޖަށް ފޮނުވަން ނިންމައިފިއެވެ.



އެ ކުންފުންޏަށް ތިރީސްފަސް
އަހަރު ފުރުމުގެ މުނާސަތުގައި ބޭއްވި އަހަރީ ޖަލްސާގައި މިކަން
އިޢުލާނުކުރެއްވުމަށްފަހު،  މި އަހަރު އެކުންފުނިން
ޙައްޖަށް ފޮނުވަން ނިންމި ތިން މުއައްޒަފުންނަށް ވަނީ ޙައްޖަށް ފޮނުވާކަމުގެ ލިޔުން
ޙަވާލުކުރައްވާފައެވެ.



ލިޔުން އެފަރާތްތަކާއި
ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެމްޓީސީސީން މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ދީފައިވަނީ އަބްދުލް މުހުސިނާއި އަހުމަދު ސާޖިދުގެ
އިތުރުން ހަސަން އަލީއަށެވެ.