ޚަބަރު

ޓެކް ދާއިރާގެ ޚިދުމަތްތެރިޔާ ރިޔާޒީ ނިޔާވެއްޖެ


ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވައި މި ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ އަޙުމަދު ރިޔާޒީ މުޙައްމަދު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މެލޭޝިއާގައި ދިއިރުޅެމުންދަނިކޮށް، ރިޔާޒީ ނިޔާވީ ކުއްލިގޮތަކަށް މިއަދުއެވެ.

ރިޔާޒީވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޖެނެރަލް މެނޭޖަރކަންވެސް ކުރައްވާފައެވެ. އަދި އޭނާއަކީ ޓެކް ދާއިރާގައި ރާއްޖޭގެ މަޝްހޫރު ކުންފުނި ސްޕާކް ހަބް އެމްވީގެ ކޯ ފައުންޑާވެސްމެއެވެ.

ރިޔާޒީ އަކީ ޓެކް ދާއިރާގައި އާ އިޖާދީ އުފެއްދުންތެރިކަމާއި، ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ކުރިއަށްދިއުމުގައިވެސް ބޮޑެތި އެހީތެރިކަން ދެއްވި ބޭފުޅެކެވެ. ރިޔާޒީވަނީ ޓެކް ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވާ، މި ދާއިރާއަށް ޒުވާނުން ނެރެން ގިނަ މަސައްކަތްކުތަކެއް ކުރައްވާފައެވެ. އަދި ޓެކާގުޅޭ ކުދި ވިޔާފާރިތަކަށް ފުރުޞަތު ހޯދައިދީ ފުޅާކޮށްދިނުމަށްވެސް މަސައްކަތް ކޮށްދެއްވާފައެވެ.

ރިޔާޒީ ނިޔާވުމާ ގުޅިގެން ސަރުކާރުގެ މުވައްސަސާތަކުންވެސް ދަނީ އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ. ރިޔާޒީއަކީ ޚިދުމަތުގައި ގިނަ ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެކެވެ.