ވިޔަފާރި

އެސްޓީއޯއިން 6 ބުރީގެ ބޭސް ގުދަނެއް ތަރައްޤީ ކުރަނީ


އެސްޓީއޯއިން
ގެންނަ ބޭސް ރައްކާކުރުމަށް 6 ބުރީގެ ގުދަނެއް އިމާރަތްކުރުމަށް ހަމަޖެހިފައިވާ
ކަމަށް އެކުުންފުނިން ހާމަކޮށްފިއެވެ.



ނޫސްވެރިންނަށް
މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ މިހާރު
އެސްޓީއޯގެ ވެހިކަލް ޖަރާޖް ހުރި ބިމުގައި ތަރައްޤީ ކުރާ މި ގުދަނުގެ މަސައްކަތް
ވަރަށް އަވަހަށް ފަށާ، މި އަހަރު ތެރޭ އެތަނުގެ ބޭނުން ކުރަން ފެށޭވަރު ވާނެ
ކަމަށެވެ.



ޝަހީރު
ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯގެ ބޭސް ފިހާރަތައް އެތައް ގުނައަކަށް
އިތުރުވެފައިވުމުން އެތަންތަނަށް ގެންނަ ބޭސްތައް ރައްކާކުރާނެ ޒަމާނީ ގުދަނެއް
ނެތުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.



އަދި މި
ގުދަނުގައި ބޭސް ރައްކާކުރުމުގެ އިތުރަށް އެކުންފުނިން އޯޑަރަށް ގެންނަ މެޑިކަލް
ސަޕްލައިސް އެތަނުގައި ރައްކާކުރުމަށް ރާވާފައިވާކަމަށެވެ.