ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ފުރާވަޑައިގެންފި


ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގެންފިއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަށް ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ކުރެއްވި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގަތުމަށް ހަަޖެހިފައިވަނީ ސްރީލަންކާއަށެވެ.

ޔީގެ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ބައްދަލު ކުރައްވައި ދެޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.