ޚަބަރު

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގަ


އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖޭއިން ހޯދައިފިއެވެ.

ބަންގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއަށް ދީފައެވެ. މިއީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެނުންގެ ބަޔާއި ފިރިހެނުންގެ ބައި ރާއްޖެއިން ހޯސްޓް ކުރާ ދެވަނަ ފަހަރެވެ.

2017ވަނަ އަހަރުވެސް މިމުބާރާތް ރާއްޖޭގައި ބޭއްވިއެވެ. މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެނުންގެ ބައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް ކޯވިޑް-19އާ ހެދި މުބާރާތް ބޭއްވޭ ގޮތެއްނުވިއެވެ.

މިމުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްބޭފުޅުންގެ މަސައްކަތުންނެވެ. ބަންގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގައި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ނައިބު ރައީސް ޢަލީ އަޝްރަފް (އަޝްރާ)، ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް އަދި ޚަޒާންދާރު، މުހައްމަދު ރާމިޒް (ރާމްބެ) ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.