ކުޅިވަރު

އީގަލްސްއިން އަންހެން ފުޓްބޯލް ކޭންޕެއް ކުރިއަށް ގެންދަނީ


ކްލަބް އީގަލްސްއިން އަންހެން ފުޓްބޯޅަ ކޭމްޕެއް ބޭއްވުމަށް އިއުލާން ކޮށްފިއެވެ.
ކުލަބް އީގަލްސްއިން އަންހެން ފުޓްބޯޅަ ކޭމްޕެއް ކުރުމަށް ނިންމީ އަންހެން ޓީމެއް އެކުލަވާލުމުގެ މަގުސަދުގައެވެ. ކުލަބް އީގަލްސްއިން ކުރިއަށްގެންދާ އަންހެން ކޭންޕުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 4 އަހަރުން ފެށިގެން 12 އަހަރާއި ދެމެދުގެ ކުދިންނެވެ. އަދި ކޭންޕުގައި ބައިވެރިވުމަށް ކޮންމެ ކުއްޖެއްގެ އަތުން 500ރ ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

މިއަންނަ އާދިއްތަ ދުވަހުން ފެށިގެން މިއަންނަ މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޭންޕް ކުރިއަށްދާނީ ވިމެންސް ފުޓްބޯލް ކުލަބާއި ގުޅިގެންނެވެ. މިކޭންޕްގައި ކޯޗްކޮށްދިނުމަށް ހަމަޖެހިފައިވަނީ މަރްޔަމް މުޙައްމަދު (މާޔަން)ގެ އިތުރުން އާމިރާ ޢަލީއެވެ. އަދި މިކޭންޕުގައި ކޯޗްކޮށްދިނުމަށް ހަމަޖެހިފައިވަނީ ހުސް އަންހެން ކޯޗުންކަމަށް ކުލަބް އީގަލްސްއިން މަޢުލުމާތު ދިނެވެ.