ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސަވިސުން އަތުލައިގެންފިއެވެ.
މިމަސްތުވާތަކެތި އަތުލައިގެންފައިވަނީ، މިދޔަ މަހުގެ 19ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 1180 ގްރާމް ހުރިއެވެ. އަތުލައިގެންފައިވަނީ ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ 66 ބުލެޓެވެ. މިތަކެތީގެ މަގުމަތީ އަގު 2.9 މިލިޔަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން އެތެރެކުރާ މަސްތުތަވާތަކެތި އަތުލައިގަންނަ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.