ޚަބަރު

ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާދެނީ


ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 18:50 ހާއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ދަނީ މިހާދިސާ ހިނގި ސަރަހައްދުގައި މިހާރުވެސް ހަރަކާތް ތެރިވަމުންނެވެ.

މިހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައިވާތީ އެސަރަހައްދުން ދަތުރުކުރާ އިރު މިކަމަށް އިތުރަށް ސަމާލުވުމަށް ފުލުހުންވަނީ ދަންނަވާފައެވެ.