ޚަބަރު

އަޑުގައި ބޭނުންކުރި 2 ޓްރާންސްމީޓަރެއް ޤައުމީ ދާރުލް އާސާރަށް


ދިވެހި ރާއްޖޭގެ އަޑުގައި ބޭނުންކުރި ދެ ޓްރާންސްމީޓަރެއް ޤައުމީ ދާރުލް އާސާރަށް ހަދިޔާކޮށްފިއެވެ.ދިވެހި ރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަަށް ރޭޑިޔޯ ބިލްޑިންގައި ބޭއްވި ޑިނަރ ނައިޓްގައި މި ދެ ޓްރާންސްމީޓަރާއި ހަވާލުވެލެއްވީ، ހެރިޓޭޖް ޑިޕާޓްމަންޓާއި ހަވާލުވެ ހުންެނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ ޔުމްނާ މަޢުމޫނެވެ. ޕީއެސްއެމްގެ ފަރާތުން މި ދެ ޓްރާންސްމީޓަރ ހަވާލުކޮސްދެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ.ދިވެހިރާއްޖޭގެ އަޑުގައި އެންމެ ފުރަތަމަ ޙިދުމަތް ދިނުމަށް ބޭނުންކުރި ޓްރާންސްމީޓަރުވެސް ވަނީ މީގެ ކުރިން ދާރުލް އާސާރާ ހަވާލުކޮށްފައިވެއެވެ. މިރޭ ހަވާލުކުރެއްވީ ރޭޑިއޯ ޚިދުމަތް ދިނުމަށް ދެވަނައަށް ބޭނުންކުރި ޓްރާންސްމީޓަރާއި، މުޅި ރާއްޖެ ކަވަރކުރަން ބޭނުންކުރި ޓްރާންސްމީޓަރެވެ.