ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ 2ވަނަ ބުރަށް އެމްޓިސީސީ އާއި އެސްޓީއޯ


ކުލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުން އެމްޓިސީސީ އާއި އެސްޓީއޯ ޖާގަ ހޯދައިފި. ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށް އެސްޓީއޯ އާއި އެމްޓީސީސީ ޖާގަ ހޯދާފައިވާއިރު، އެސްޓީއޯއިން ވަނީ މޯލްޑިވްސް ގޭސްގެ މައްޗަށް 3 ލަނޑު 1 ލަނޑު މޯލްޑިވްސް ގޭސް ބަލިކޮށްފައެވެ.

މިމުބާރާތުގެ ދެވަނަ ބުރުން އެސްޓީއޯ ޖާގަ ހޯދާފައިވަނީ އެޓީމް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި އެސްޓީއޯއިން ޖެހި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނާން މުޙައްމަދާއި މުޙައްމަދު ޝާހާއި އިސްމާޢީލް ވަޖީހެވެ. މެޗްގައި މޯލްޑިވްސް ގޭމްސްއިން ޖެހިހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ރަޝީދެވެ. މިމެޗްގައި މޯލްޑިވްސް ގޭސް ބަލިވިނަމަވެސް އެޓީމަށްވެސް ގޯލް ޖަހާނެ ރަގަނޅު ފުރުސަތުލިބި އެފުރުސަތުގެ ބޭނުން ހިފޭގޮތް ނުވިއެވެ.

ގުރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗްގައި ދިވެހި ސިފައިންގެ ކުލަބުން ވަނީ ސިވިލް ކޯޓުގެ މައްޗަށް 4 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ދިވެހި ސިފައިންގެ ކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހހީމް ފާރިޝް އަހުމަދު، އަހުމަދު ޝައިހާން ޖަލީލް، މުހައްމަދު އަލާލު އަދި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޠާއިފެވެ.

އެސްޓީއޯވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނަ މަގާމް ހޯދާފައެވެ. މި ގުރޫޕުން ދެވަނަ ލިބުނީ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެން އެމްޓީސީސީއެވެ. އަދި ތިންވަނަ މޯލްޑިވްސް ގޭހަށް ލިބޭއިރު، މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި މޯލްޑިވްގޭހެއެވެ.

ކުލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 އިން މިހާރު ޖާގަ ޔަގީންކޮށްފައިވަނީ އެމްޓިސީސީ، އެސްޓީއޯ، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް އަދި ޕްރިޒަންގެ އިތުރުން ކްލަބް އެޗްޑީސީ، އާރްޑީސީ (އާރްއާރްސީ)، ދިރާގު، އެފްއެސްއެމް އަދި ފެނަކައެވެ.