ޚަބަރު

ފުވައްމުލަކު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ފުވައްމުލަކު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު މެންދުރު 2:55ހާއިރު ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 251 ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިނިމުނު ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ކޯވިޑް ޖެހިގެން 90 އަހަރުގެ ދިވެހި ފިރިހެނަކާއި، 54 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 91000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މީގެ ތެރެއިން 89000އަށް ވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.