ޚަބަރު

ޙަވާލުނުކުރެވިހުރި އައިޑީކާޑުތައް ދޫކުރަން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި


ނިމި ހަވާލުނުކުރެވިހުރި އައިޑީކާޑުތައް ދޫކުރުމަށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ޑީއެންއާރުން ނެރުނު ބަޔާނެއްގައިވަނީ، އޮންލައިންކޮށް ހުށަހަޅައިގެން ހަދާނިމިފައިވާ ގިނަ ޢަދަދެއްގެ އައިޑީކާޑުތަކެއް ޙަވާލުނުކުރެވި ހުރުމުގެ ސަބަބުން އެކާޑުތައް ޙަވާލުކުރުން މާދަމާއިން ފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްދުވަހުގެ އިރުއޮއްސި 06:00 ވަންދެން ކުރިއަށްދާނެކަމަށެވެ.

އަދި އެ ދުވަސްތަކުގެ އިތުރުން، 27 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:30 އަށް ކާޑު ދޫކުރެވޭނެ ވާހަކަވެސް އެޑިޕާޓްމަންޓުންވަނީ އަންގާފައެވެ.

މީގެ އިތުރުން ކާޑާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވާނަމަ ހަމަ އެ ގަޑިތަކުގައި ޑީއެންއާރަށް ގުޅުއްވައިގެން މަޢޫލޫޟާތު އޮޅުންފިއްލުއްވޭނެކަމަށް އެއިދާރާއިން ވިފާޅުވިއެވެ.