ވިޔަފާރި

އޯޓީއެމްގައި އެމްއެމްޕީއާރުސީ އާއެކު މަޓާޓޯ އިން ބައިވެރިވަނީ


އިންޑިއާގައި
ބާއްވާ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ޝޯ، ' ވަން ވޯލްޑް ޓްރެވަލް މާރޓް"، އޯ.ޓީ.އެމްގައި
އެމްއެމްޕީއާރުސީ އާއެކު މަޓާޓޯ އިން ބައިވެރިވުމަށް ނިންމައިފިއެވެ.



މޯލްޑިވްސް
އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯ، އިން ވިދާޅުވީ
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 އިން 20 އަށް އިންޑިއާގެ މުމްބާއީގައި
ބާއްވާ 'ވަން ވޯލްޑް ޓްރެވަލް މާރޓްގައި އެ އެސޯސިއޭޝަނާއި މޯލްޑިވްސް މާރކެޓިންގް
އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ގުޅިގެން
ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.



އެގޮތުން މި ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ
ފަރާތްތަކުން އެ ފެއަރ އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected]  މެއިލް ކުރެއްވުމުން ފެއަރ އާއި
ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭނެ
ކަމަށްވެސް މާޓާޓޯއިން ހާމަކުރެއެވެ.



 އޯޓީއެމް އަކީ
ޤައުމުން ބޭރަށް ޗުއްޓީ ހޭދަކުރަންދާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ
ފެއަރއެއް، އަދި މި ފެއަރ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެހީވެދޭނެ
ފެއަރއެއްކަމަށް މަޓާޓޯއިން ދެކެއެވެ.