ޚަބަރު

ނައިބްރައީސް ތިލަދުންމަތީގެެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހއ.ހޯރަފުށްޓަށެވެ. އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި ހޯރަފުށީ އެއަރޕޯޓްގެ އަހަރީދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.

މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.