ޚަބަރު

ބޮމުގެ ޙަމަލާ - ނާޒިމަށް ވަކީލަކު ހަމަޖައްސަން 7 ދުވަސް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އއ.މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމަށް ވަކީލަކު ހަމަޖައްސަން 7 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މިދައުވާ ކޮށްފައިވަނީ ހަރުކަށި ޖަމާއަތަކަށް ތާޢީދުކުރާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައިވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރުސަތު ދީފައިވެއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމާ ހަމައަށްވެސް ވަކީލަކު ހަމަޖެހިފައިވާކަން ކޯޓަށް އަންގާފައި ނުވާކަމަށް މިމައްސަލަ ބައްލަވާ ޤާޞީ ހަސަން ސައީދު ވިދާޅުވިއެވެ. ނާޒިމަކީ މީގެ ކުރިން ސޫރިޔާގެ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅެނިކޮށް ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި މީހެކެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމް ބުނެފައިވަނީ ވަކީލަކު ހަމަޖެހުނުކަމަށް އޭނާއަށް އެންގިކަމަށެވެ. ނަމަވެސް ފަހުން ވަކީލުގެ ޚަބަރެއް ވެފައިނުވާކަށެވެ. ހަމަޖެއްސި ވަކީލާ ގުޅުމަށް ކޯޓުގައި ހުރެގެން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ޤާޒީ ހަސަން ސައީދު ވަނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު 7 ދުވަހުގެ މުއްދަތެއް ނާޒިމަށް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 9 މީހެއްގެ މައްޗަށް ވަނީ ދައުވަކޮށްފައެވެ. މިމީހުންގެ ޝަރީއަތް މިހާރު ފެށިގެން ކުރިއަށްދާއިރު، ގިނަ ޝަރީޢަތްތައް ގެންދަނީ ހުޅުވާލައިގެންނެވެ.