ޚަބަރު

"ދުބާއީ އެއަރޝޯވ 2021"ގައި ބައިވެރިވުމަށް ޗީފް އޮފް ޑިފެންސް ފޯސް ދުބާއީއަށް


ޔުނައިޓެޑް އަރަބް އިމިރޭޓްސް (ޔޫއޭއީ)ގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ލެފްޓިނަންޓް ޖެނެރަލް ހަމަދު މުޙައްމަދު ޘާނީ އަލްރުމައިތީގެ ދަޢުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދުބާއީއަށް ފުރާވަޑައިގަންނަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، ދުބާއީގައި ނޮވެންބަރު 14 އިން 18 އަށް އޮންނަ "ދުބާއީ އެއަރޝޯވ 2021" ގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް މުޙައްމަދު ފިރުދައުސްއާއި ބިޔުރޯ އޮފް ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފް އޮފިސަރ، މޭޖަރ މުޙައްމަދު ޝިނާން ބައިވެރިވެވަޑައިގެންނެވިއެވެ.