ޚަބަރު

މިސްކިތަށް ކުޑަކަމުދިޔަ މީހާގެ ބަންދަށް 10 ދުވަސް


މުޞްޙަފަށް ކުޅުޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށް ކޯޓުން ވިދާޅުވެއެވެ.

ޙަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މިދިޔަ ހަފްތާގައިވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫންކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިމީހާ ފުރަތަމަ ފަހަރަށް ހައްޔަރުކުރީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތުބަޔާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައެވެ. އެއީ މިދިޔަ މަހުގެ 3ވަނަ ދުވަހުއެވެ. އެފަހަރު ދެ ފަރަތެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އޭނާ ބަންދުކޮށްފައިވެއެވެ.

މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި، މިދިޔަ މަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންވަނީ ފޮނުވާފައެވެ. އެމީހާ ފުލުހުންގެ ބެލުމުގެދަށުން ދޫކޮށްލީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.