ސިޔާސީ

ކުރީގެ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފް ކޮށްފި


ކުރީގެ ރައީސް މުޙައްމަދު  ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފަށް ހުށައަޅައިފިއެވެ.އެމައްސަލަ ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓަށް ވައްދާފައިވަނީ،  މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.މި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުން މީގެކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތަށް އެމައްސަލަ އިސްތިއުނާފްކުރައްވަން ނަޝީދު ނިންމެވީ، ވަރަށް ގިނަ ގޮތްގޮތަށް ވިސްނެވުމަށްފަހުކަމަށާއި ޝަރުއީ މަރުހަލާގައި އަވަސް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.ވަކީލުން ވިދާޅުވެފައިވަނީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށައެޅުމުގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުލް އުޤޫބާތުން ލިބިދޭ މަންފާ ނަޝީދަށް ލިބިދިނުމަށް ނަޝީދު އެދިވަޑައިގަންނަވާކަމަށެވެ. ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފްކުރައްވަން ނިންމެވުމުން ސަރުކާރުންވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.