ޚަބަރު

ހުވަދޫ ކަނޑުން ދަތުރު ކުރަމުންދިޔަ ބޯޓެއް ދިޔަވާތީ ކޯސްޓްގާޑުން ޙަރަކާތްތެރިވަނީ


ހުވަދޫ ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓެއް ދިޔަވާތީ ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހުވަދޫ ކަނޑުގައި "އަލަމާ ބޯޓް" ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ނޮދާން އޭރިޔާ ކޯސްޓް ގާޑުން މިހާރު ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހާމަކުރައްވާނެކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ހުވަދޫ ކަނޑުގެ ސަރަޙައްދުގެ މޫސުމަށް ބަލާއިރު، މިރޭ 8:00އާ ހަމައަށް އެސަރަޙައްދަށް 22 މޭލާއި 27 މޭލާ ދެމެދުގެ މުއްދަތަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ކަނޑުތައް ގަދަވާނެކަމަށާ، ކުރިއަށް އޮތް 3 ދުވަހުވެސް މިސަރަހައްދުގެ ވައިގަދަވެ ރާޅުތަކުގެ އުސްމިނުގައި 6 ފޫޓާއި 7 ފޫޓާ ދެމެދަށް އުސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިރޭ 20:00އާ ހަމައަށް ހުވަދޫ ކަނޑު ހިމެނޭ ސަރަޙައްދަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.