ދީން

މުސާރައިން ކެނޑޭގޮތަށް ހައްޖަށް ދެވޭ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް


ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކުގެ މުއައްޒަފުންގެ މުސާރައިން ކެނޑޭ ގޮތަށް އެ މުއައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން  މިހާރު އެދިފައިވާ ހުރިހާ ކުންފުނިތަކާއެކު އަންނަ ހަފްތާގައި ސޮއިކޮށް ނިމޭނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، ސަރުކާރުގެ ބޮޑެތި ހުރިހާ ކުންފުންޏަކުންވެސް މުއައްޒަފުންގެ މުސާރައިން އުނި ކުރެވޭ ގޮތަށް މުއައްޒަފުން ޙައްޖަށް ފޮނުވައި ދިނުމަށް އެދިފައިވާކަމަށާ، ބައެއް އޮފީސް ތަކުންވެސް މިފުރުޞަތު ހޯދަން އެދެމުންދާކަމުގައެވެ. މިގޮތަށް ހަމަޖެހިގެން ދިޔަ ނަމަވެސް މުއައްޒަފުންނަށް ޙައްޖަށް ދިޔުމަށް ފުރުޞަތު ދެވޭނީ އޭރަކު ޙައްޖަށްދާން ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ދައްކައި ނިމުމުން ކަމުގައި ހަމަޖައްސަވާފައި ކަމަށް ވެސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ޙައްޖުވުމަށްފަހު އެކަމަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސް ކުރަން އެދެމުންދާކަމަށާ، މިފަދައުސޫލެއް ހަމަޖެހިފައި ނުވާކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.ކުންފުނިތަކުގެ މުއައްޒަފުންގެ މުސާރައިގެ %75 ހަމަވުމުން އެކޯޕަރޭޝަނާއެކު ޙައްޖުދަތުރު ކުރެވޭނެ ދުވަސް  ކަށަވަރުވެގެންދާނެކަމަށާ، މިފުރުޞަތަކީ ވީހާވެސް ގިނަ ޒުވާނުންނަށް، ޒުވާން އުމުރުގައި ޙައްޖުގެ ފަރުޞަތު ފަހިކޮށްދެއްވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކޮށްދެއްވާ ކަމެއް  ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މުއައްޒަފުން ފައިސާ ދައްކާއިރު ފައިސާ ދޭނެ މިންވަރެއް ކަނޑައަޅަނީ ސީދާ އެމުއައްޒަފަކު ކަމަށާ، ގިނަފައިސާ ދައްކައި ޚަލާސްކޮށްގެން، ޙައްޖު ފުރުޞަތު އަވަހަށް ތަނަވަސް ކުރަން މަސައްކަތް ކުރެވިދާކަމަށް އޭނާ ވިދާޅުވިއެވެ.ޙައްޖަށް ދިއުމަށް އެދި ފައިސާ ދައްކަން ފަށުމަށްފަހު ފައިސާ ދައްކައި ޚަލާސް ނުވަނީސް  އެމުއައްޒަފަކު ނިޔާވެ ނުވަތަ ޙައްޖަށް ނުދެވޭ ފަދަ ޙާލަތެއް މެދުވެރިވާހިނދު ދެން ކަންތައް ކުރަން ޖެހޭނެ ގޮތެއްވެސް ކަނޑައެޅި ދެފާރާތުން އެއްބަސް ވުމަކަށްއާދެވޭނެކަން އެކޯޕަރޭޝަނުންފާހަގަ ކުރައްވައެވެ. ޙައްޖަށް ފައިސާ ދައްކަން ފަށާއިރު ފުރިހަމަ ކުރަންޖެހޭ ފޯމްގައި މިފަދަ ޙާއްލަތްތަކުގައި ، ދެވަނަ މީހަކަށް އެޗާންސް ދެވޭނެކަމަށް ހިމަނައި އެއްބަސްވުމަކަށް އަންނާނެކަމަށް ޙައްޖުކޯޕަރޭޝަނގެ މެނޭޖިންގ ޑިރެކްރ ވިދާޅުވިއެވެ.