ކުޅިވަރު

ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ 4 ފެތުންތެރިން


ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ ހަތަރު ފެތުންތެރިން ޢިޢުލާންކޮށްފިއެވެ. އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ މިމުބާރާތުގައި ރާއްޖެއިން ވާދަކުރާ ހަތަރު ފެތުންތެރިންނަކީ އައިޝަތު ސައުސަން، ހަމްނާ އަޙުމަދު، މުޙައްމަދު އާން ހުސައިން އަދި އިމްއާން ޢަލީއެވެ. މި ފެތުންތެރިން ހޮވާފައިވަނީ ވޯލްޑް ޗެމްޕިއަންޝިޕަށް ކުދިން ހޮވުމަށް ބޭއްވި ޓްރަޔަލްގެ ނަތީޖާއަށް ބަލައިގެންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑިސެންބަރު މަހުގެ 16 އިން 21ގެ ނިޔަލަށް އަބޫދާބީގައެވެ.

ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ މި ހަތަރު ފެތުންތެރިންނަކީ މީގެ ކުރިންވެސް ބައިނަލަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ ފެތުންތެރިންނެވެ. މި ހަތަރު ފެތުންތެރިންގެ ތެރެއިން އެންމެ ތަޖްރިބާކާރު ފެތުންތެރިއަކީ އަންހެން ފެތުންތެރިންއެއްކަމަށްވާ އައިޝަތު ސައުސަންއެވެ. ހަމްނާއަކީ މިހާރު ރާއްޖޭގެ އަންހެން ފެތުންތެރިންގެ ތެރެއިން އެންމެ ކުރިއަރަމުން އަންނަ ފެތުންތެރިޔާއެވެ. ހަމްނާވެސް ރާއްޖެއިން ބޭރުގައި ގިނަ މުބާރާތްތަކެއްގައި ވާދަކޮށްވަނީ ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ.

އިއްމާނަކީ މިހާރުވެސް ފިނާގެ ސްކޮލަޝިޕެއްގެ ދަށުން ރަޝިޔާގައި ތަމްރީން ހަދަމުންދާ ފެތުންތެރިއެކެވެ. ކޯވިޑް-19އާއި ގުޅިގެން ރާއްޖެއިން ފާއިތުވެގެންދިޔަ ދެ އަހަރު ރާއްޖެއަށް ގިނަ ފެތުންތެރިން މުބާރާތްތަކުގައި ވާދަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19އަށް ފަހު މިއީ ރާއްޖެއިން ގިނަ ފެތުންތެރިން ބައިވެރިވާ ފުރަތަމަ މުބާރާތެވެ. ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި ފެތުންތެރިންނަކީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމެވެ.