ޒުވާނުންގެ ދުވަހާގުޅިގެން ކުޅުދުއްފުށީއިޓީގައި ކުރިއަށްގެންދާ ފޯރިގަދަ ސައިކަލު ރޭހެއް ބާއްވައިފިއެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުުދުއްފުށީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ޔޫތުމިނިސްޓްރީއާއި ކުޅުދުއްފުށީސިޓީ ކައުންސިލް ގުޅިގެން ދަނީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ގެނުވިއެއް އެއް ޙަރަކާތަކީ އެރަށުގައި ކުރިޔަށްގެންދިޔަ ސައިކަލްރޭހެއެވެ.
އިއްޔެ ކުރިޔަށްގެންދިޔަ ސައިކަލް ރޭސް ކުރިޔަށް ގެންދިޔައީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ހުޅުވާލައިގެންނެވެ. މިރޭހުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ. ޒުވާނުން ދެކޭގޮތުގައި މިއީ އެމީހުންގެ ހުނަރު ދައްކާލަން ލިބުނުދިޔަ ރަނުގެ ފުރުސަތެކެވެ. މިއިވެންޓްގައި ތަފާތު އެކި ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ތަފާތު ސައިކަލުތައް ފެނިގެންދިޔައެވެ.
މިއިވެންޓް ބަލާލުމަށް ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރޭސް ކުރިޔަށްދިޔަ ސަރަހައްދައް ނުކުމެފައެެވެ. މިރޭސް ކުރިޔަށްދިޔައީ ސީޝާ ފިހާރަ ސަރަޙައްދުން ފެށިގެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ މައި ގޭޓާއި ހަމައަށެވެ. އެގޮތުން ޔޫތުމިނިސްޓްރީއާއި ކުޅުދުއްފުށީސިޓީ ކައުންސިލުން ވިދާޅުވީ މިއިވެންޓަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.
އިއްޔެ ހެނދުނު ފެށި ސައިކަލް ރޭސް އިވެންޓް ނިންމާލާފައިވަނީ ހަވީރުއެވެ.