ޚަބަރު

ކޯވިޑު ޖެހިގެން އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ


އައްޑޫސިޓީ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު އިރުއޮއްސި 6:35 ހާއިރު ނިޔާވެފައިވަނީ ޢުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު ރާއްކެއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 239 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތަކުން ފެންނަ ކޭސްތައް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.