ޚަބަރު

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީން ފުރުވާލައިފި


ޓޫރިސްޓް ވިސާގައި، ރާއްޖެ އައިސް ފިލްމެއް ހެދުމަށް ރާއްޖޭގައި ވީޑިއޯ ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ފުރުވާލައިފިއެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ވިދާޅުވީ، ޓުއަރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، އިމިގްރޭޝަން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފިލްމު ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ. އެޑިޕާޓްމަންޓުން ވަނީ، މިފަދަ މީހުން ރާއްޖެއަށް ގެނައުމުގައި މެދުވެރިވާ ފަރާތްތަކުން ހަމަޖެހިފައިވާ އުޞޫޫލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން، މި ފަދަ ކަންކަމަށް ބޭނުންވާ ހުއްދަ ހޯދުމަށްފަހު، އެފަދަ ފަރާތްތައް ރާއްޖެއަށް ގެނައުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.އެނގިފައިވާ ގޮތުގައި ފިލްމުގެ މަންޒަރުތައް ނަގަމުން ދަނިކޮށް ބިދޭސީން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އއ. ހިމަންދޫއިންނެވެ.