ވިޔަފާރި

މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރީ 114896 ފަތުރުވެރިން


ނިމުނު ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 114896 ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އައި 143599 ފަތުުރުވެރިންނާއި އަޅާ ބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް: • ޖަނަވަރީ - 92،103 ފަތުރުވެރިން • ފެބްރުއަރީ - 96،882 ފަތުރުވެރިން • މާރޗް - 109،585 ފަތުރުވެރިން • އޭޕްރީލް - 91،200 ފަތުރުވެރިން • މެއި - 64،613 ފަތުރުވެރިން • ޖޫން - 56،166 ފަތުރުވެރިން • ޖުލައި - 101،818 ފަތުރުވެރިން • އޮގަސްޓް - 143،599 ފަތުރުވެރިން • ސެޕްޓެމްބަރ - 114،896 ފަތުރުވެރިން

މި ޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 870،862 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4862 ފަތުރުވެރިން ވަނީ އައިސްފައެވެ.

ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށްވަނީ 43161 ފަތުރުވެރިން އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝީއާއިންނެވެ. ސެޕްޓެމްބަރުމަހު ރަޝިއާއިން ރާއްޖެއަަށް ވަނީ 11،435 ފަތުރުުވެރިން އައިސްފައެވެ.