ދުނިޔޭގެ ވިޔަފާރި

ޖަރުމަނުވިލާތުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ދަށަށް


ޖަރުމަނުވިލާތުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ސެޕްޓެމްބަރުމަހު، ދަށްވެފައިވާކަމަށް އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ޖަރުމަނުވިލާތުގައި ވަޒީފާނެތް މީހުންގެ ޢަދަދު 30000އަށް ވަނީ ދަށްވެފައެވެ. މި ޢަދަދަކީ ރޮއިޓާރސް ޕޯލުން ލަފާކޮށްފައިވާ 33000އަށް ވުރެ ދަށް ޢަދަދެކެވެ.

ނަމަވެސް ވަޒީފާނެތް މީހުންގެ ރޭޓަށް ބަދަލެއް ނައިސް އެރޭޓް އަދިވެސް ހުރީ %5.5 ގައެވެ.
ޖަރުމަނުވިލާތުގެ ފެޑެރަލް ލޭބަރ އޭޖެންސީން ޑޭނިއަލް ޓާރޒަންބެކް ވިދާޅުވިގޮތުގައި އެޤައުމުގެ ވަޒީފާގެ ބާޒާރު މިހާރު ދަނީ ރަގަޅުވަމުންނެވެ.

ވަޒީފާ ނެތްމީހުންގެ ނިސްބަތް އަދި އެކަށީގެންނުވާ ވަޒީފާތަކުގައިއުޅޭ މީހުންގެ ނިސްބަތްވެސް ދަނީ ދަށްވަމުންކަމުގައި ޑޭނިއަލް ވިދާޅުވިއެވެ. މީގެއިތުރުން ޖަރުމަނުވިލާތުގެ %77.4 ކުންފުނިތަކަށް ރޯމެޓީރިއަލް ނުލިބޭކަމަށްވެސް އެ ޤައުމުގައި ކުރީ ދިރާސާއަކުން ދައްކައެވެ.