ޚަބަރު

އިދިކޮޅު ކޯލިޝަނުން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވައިފި


އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ޖަލްސާއެއް ބާއްވައިފިއެވެ.

ކާނިވާ ސަރަހައްދުގައި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ބޭއްވި މިޖަލްސާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި އެޕާޓީން ވަނީ މިނިވަންކަމުގެ ދިފާއުގައި ޚާއްސަ ޕެޓިޝަނެއްވެސް ތައްޔާރު ކުރަން ފަށާފައެވެ. މިޖަލްސާގައި އެކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންވެސް ވާހަކަ ދައްކަވާފައިވެއެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ލަސްނުކޮށް ބާރަށް ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.