ދުނިޔޭގެ ވިޔަފާރި

ޗިޕްގެ ދަތިކަމާއެކުވެސް ޓެސްލާއިން އުފެއްދުންތައް އިތުރުކުރަނީ


ދުނިޔޭގެ ބާޒާރުން ޗިޕް ލިބުން ދަތިވެފައިވާވީކަމުގައިވިޔަސް އެމެރިކާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާގެ ޝަންހާއީ ކާރުޚާނާއިން 300000 ކާރު އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އުފައްދޭނެކަމަށް އެ ކުންފުނިން ލަފާކޮށްފިއެވެ.

ޓެސްލާއިން ދަނީ އިލެކްޓްރިކަލް މޮޑެލް 3 ސެޑްނާސް އަދި މޮޑެލް ވައި ސްޕޯރޓްސް ޔުޓިލިޓީ ވެހިކަލްތައް ޗައިނާގެ އެތެރޭގައި އަދި ޖަރުމަނުވިލާތާއި ޖަޕާން ހިމެނޭހެން ބައިނަލްއަޤުވާމީ ބާޒާރަށްވެސް އުފައްދަމުންނެވެ. މިއާއިއެކު ޗައިނާގެ ޕެސެންޖަރ ކާ އެސޯސިއޭޝަންގެ ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ޝަންހާއީގެ ކާރުޚާނާއިން ވަނީ 240000 ވެހިކަލް ކާރުޚާނާއިން ބޭރުކޮށްފައެވެ. ނަމަވެސް ކާރުޚާނާގެ އުފެއްދުންތަކުގެ ތަފްޞީލެއް ޓެސްލާއިން އަދި ހާމައެއް ނުކުރެއެވެ.

މީގެކުރިން އޯގަސްޓްމަހު ޓެސްލާގެ އޮފިޝަލަކު ވިދާޅުވީ ޖުމްލަ 450000 ވެހިކަލް މި އަހަރު އުފައްދާނެކަމަށް ޓެސްލާއިން ލަފާކޮށްފައިވާއިރު ކާރުޚާނާއިން އެހެންޤައުމުތަކަށް ބޭރުކުރާ ވެހިކަލްގެ ޢަދަދަކީ 66100 ވެހިކަލްއެވެ.

މީގެއިތުރުން ޑާޓާ ރައްކާތެރިކުރުމާއި ކަސްޓަމަރުންގެ ޝަކުވާތަކުގެ މައްސަލަތައް މެދުވެރިވާތީ ކުންފުނިން އަންނަނީ ޤާނޫނީ ޓީމަށާއި އެތެރޭގެ ގުޅުންތަކުގެ ޓީމަށް މެނޭޖަރުން އައްޔަންކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.