ތިމާވެށި

އާސަންދަ އާއި އެންސްޕާ އިން ހުޅުމާލޭގައި 130 ގަސް އިންދައިފި


އާސަންދަ ކުންފުންޏާއި އެންސްޕާގުޅިގެން ހުޅުމާލޭގައި 130 ގަސް އިންދައިފިއެވެ.

މި ގަސް އިންދާފައިވަނީ ހުޅުމާލޭގައި އަލަށް ހިއްކާފައިވާ ބިމުގައެވެ. އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ދެ ކުންފުނީގެ 130 މުވައްޒަފުން ބައިވެރިވެ ތަފާތު ގަސްވަނީ އިންދާފައެވެ.

މިއީ މި ދެ ޖކުންފުނީގެ އާއްމު އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މީގެ އިތުރުން ދެ މުއައްސަސާއަކީ ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ މުއައްސަސާއެއް ކަމަށްވާތީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެއް ކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.