ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ އިޤްޠިޞާދު މިއަހަރު އާރާސްތުވާނެކަމަށް ލަފާކޮށްފި


ކޯވިޑްގެ ބަލަޑުކަމާއިއެކުވެސް މުދާ ބޭރުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ޓައިވާނުގެ އިޤްޠޞާދު މި އަހަރު އާރާސްތުވާނެކަމަށް އެ ޤައުމުގެ މަރުކަޒީބޭންކުން ލަފާކޮށްފިއެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން މަރުކަޒީ ބޭންކުން ވަނީ ޓައިވާނުގެ ޖީޑީޕީ މި އަހަރު ޖޫންމަހު ޖީޑީޕީ ހުރި 5.08 އިންސައްތައިން 5.75 އިންސައްތައަށް އިތުރުވާނެކަމަށް ލަފާކޮށްފައެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން އައު ޓެކްނޮލޮޖީއަށް އޮންނަ ޑިމާންޑް އުފުލެމުންދާނެކަމާއި މީގެސަބަބުން ޓައިވާނުން މުދާބޭރުކުރުން އިތުރުވެ އިންވެސްޓްމެންޓްތައްވެސް އިތުރުވެގެންދާނެކަމަށް ލަފާކުރެއެވެ. އަދި މިއާއެކު އަންނަ އަހަރު ޓައިވާނުގެ ޖީޑީޕީ 3.45 އިންސައްތައަށް އިތުރުވާނެކަމަށްވެސް އެޤައުމުގެ މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓައިވާނުގެ ޖީޑީޕީ ވަނީ 7.43 އިންސައްތައަށް އިތުރުވެފައެވެ. ނަމަވެސް މިއީ ފުރަތަމަ ކުއާޓަރުގެ ޖީޑީޕީ ހުރި މިންވަރުކަމަށްވާ 8.92 އިންސައްތައަށްވުރެ ދަށް ޢަދަދެކެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހުމުން ޓައިވާނުގެ ޓެކޮނޮލޮޖީގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އުފުލުމާއެކު މެއިމަހު ފެތުރޭން ފެށި ކޯވިޑްގެ ބަލިމަޑުކަމާއިއެކުވެސް ޓައިވާނުގެ އިޤްޠިޞާދަށް މާބޮޑު އަސަރެއް ނުކުރެއެވެ.