ޓުއަރިޒަމް

ވޯލްޑް ޓްރެވަލް އެވޯޑްސްއަށް، ޓުއަރިޒަމް މިނިސްޓަރ މޮރޮކޯއަށް


މޮރޮކޯގައި މާދަމާ ބާއްވާ ވޯލްޑް ޓްރެވަލް އެވޯރޑްސް 2015 ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ. ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި ޓުއަރިޒަމް މިނިސްޓަރގެ މިދަތުރުފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯރޑް، ވޯރލްޑް ޓްރެވަލް އެވޯރޑްސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަސައްކަތްޕުޅު ކުރައްވާނޭއެވެ. މީގެ އިތުރުން މިހަފްލާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޮޑެތި އެއާރލައިންތަކާއި، ޓުއާރ އޮޕޯރޭޓަރުންނާއި އެނޫންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވާއިރު، ވިޒިޓް މޯލްޑިވްސް އިޔާރ ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް މިނިސްޓަރ ކުރިއަށްގެންދަވާނޭކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިއަހަރުގެ ޓްރެވަލް އެވޯރޑުގެ އެކި ކެޓަގަރީތަކުން ރާއްޖޭއާއި، ރާއްޖޭގެ ރިސޯޓްތައްވަނީ ނޮމިނޭޓްވެފައެވެ.