ޚަބަރު

ހިޔާ ފްލެޓްތަކުގެ އަލިފާން ނިއްވާ އާލާތްތައް ޗެކްކުރަނީ


ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރިީގެ 16 ޓަވަރުގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓްތަކުގައި އަލިފާން ނިއްވާ ނިޒާމު އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލަން ނިންމާފައިވާތީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިގޮތުން އެމްއެންޑީއެފުން އެންމެ ފުރަތަމަ ބަލަން ހަމަޖެހިފައިވަނީ އެޗް.1ގެ ޓަވަރުތަކެވެ.

އެޗްޑީސީން އަންގާފައި އޮތީ އެޗް1 ޓަވަރުން ފްލެޓް ލިބުނު މީހުން އެމްއެންޑީއެފުން އެ މަސައްކަތް ކުރަން ނިންމާފައިވާ ވަގުތުގައި ފްލެޓް ހުޅުވާފައި ބެހެއްޓުމަށް އެދޭކަމަށެވެ. އަދި ފްލެޓް ހަވާލުކުރެވުނު އިރު ދިން އަލިފާން ނިއްވާ ފުޅި އާއި ރަޖާ ފެންނާނެހެން ބެހެއްޓުމަށްވެސް އެޗްޑީސީން އެދެއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރި ފާރާތްތަކަށް ފްލެޓްތައް ހަވާލުކޮށްފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އެތަންތަނުގައި ދިރިއުޅެން ފަށާފައެވެ. އަދި މިވަގުތު ފްލެޓްގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައްވެސް ކުރަމުންނެވެ.