ވިޔަފާރި

މޯލްޑިވިއަނުން ޗެންނާއީއަށް އަލުން ދަތުރުތައް ފަށައިފި


ރާއްޖޭގެ ގައުމީ އެއާރލައިން، މޯލްޑިވިއަނުން އިންޑިއާގެ ޗެންނާއީއަށް ކުރަމުން އަންނަ ދަތުރުތައް އަލުން ފަށައިފިއެވެ.މީގެ ކުރިން މޯލްޑިވިއަނުން ޗެންނާއީއަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލާފައި ވަނީ ޗެންނާއީއަށް ކުރި ވިއްސާރައިގައި އެއާރޕޯޓުގައި ފެންބޮޑުވެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމުންނެވެ.މޯލްޑިވިއަނުން ބުނީ ޗެންނާއީ ދަތުރުތައް މިއަދު އަލުން ފަށާފައިވާ ކަމަށާއި ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 9:30 ގައި ފުރާފައިވާ ކަމަށެވެ. އަދި ދަތުރުތައް އަލުން ފެށި އިރު، އެންމެބޮޑު އިސްކަމެއްދެނީ ކުރިން ފްލައިޓް ބުކިން ހައްދާފައިވާ ފަރާތްތަކަށް ކަމަށާއި އަދި ކެންސަލްވި ފްލައިޓްތަކުން ޓިކެޓްނަގާފައިވާ ފަރާތްތަކަށްކަމަށެވެ.ޗެންނާއީއަށް މި ދުވަސްކޮޅު ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.