ޚަބަރު

ޚާރިޖީ ވަޒީރު ދުންޔާ، ލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ޚާރިޖީ ވަޒީރު ދުނަޔާ މައުމޫން، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހް އާއި ބައްދަލުކުރައްވައިފިއެވެ.ކޮލަމްބޯގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ.