ޚަބަރު

3 ދާއިރާއަކުން އެލްޖީއޭގެ ބޯޑަށް ކަނޑައަޅާ މެމްބަރުންނަށް ރުުހުންދީފި


ތިން ދާއިރާއަކުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

3 ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި 5 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަންހެން ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިންޓަރވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން ތަޅުމަށް ފޮނުވުނު 3 ނަމަށް ވަނީ ވޯޓަށް އަހާފައެވެ.

އެލްޖީއޭގެ ބޯޑަށް ޖެންޑާ އިކުއަލިޓީގެ ދާއިރާއިން އައްޔަންކުރި އަޒްހާ ޒަމީރު، މ. ލިލީޒް އަށް ރުހުން ލިބުނީ 43 މެންބަރުންގެ ވޯޓުންނެވެ. ބޯޑަށް ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބޯޑަށް އައްޔަންކުރި ފާތިމަތު ނިއުމާ، ގ. ހީމާލީގެ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ. އަދި މަދަނީ ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރެއްގެ ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 42 މެންބަރުންގެ ވޯޓުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެން ވަނީ 9 މެމްބަރުންގެ މައްޗަށެވެ. ބޯޑުގައި މިހާރު މަދުވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތިން ދާއިރާއަކުން ކަނޑައަޅަންޖެހޭ މެމްބަރުން ކަނޑައެޅުމެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް ކަނޑައެޅުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.