ވިޔަފާރި

ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވައިފި


ޅ. އަތޮޅު ތިލަމާފުށީގައި ތަރައްޤީކޮށްފައިވާ، "ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" ހުޅުވައިފިއެވެ.

ލު މެރިއަން އަކީ މަޝްހޫރު މެރިއޮޓް ހޮޓެލްގެ ބްރޭންޑެކެވެ. ލު މެރިޑިއަންއިން މިހާރުވެސްދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 111 ހޮޓާ ހިންގަމުންނެވެ.

"ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" ތަރައްޤީކޮށްފައިވާ ޅ.ތިލަމާފުއްޓަކީ 9 ހެކްޓަރުގެ ރަށެކެވެ. މި ރަށް ވަށައިގެން ބޮޑު ފަޅެއް އޮވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން މި ރިސޯޓަށް ދެވެއެވެ.

ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަކީ 141 ކޮޓަރީގެ ރިސޯޓެކެވެ. އެގޮތުން އެއް ކޮޓަރީގެ ވިލާތަކާއި 2 ކޮޓަރީީގެ ވިލާތަށްވެސް ހުންނާނެ ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ. އަދި އާއިލާ އާއި އެއްކޮށް ޗުއްޓީއަށް ދާ ފަތުރުވެރިންނަށާއި، ރައްޓެހިންނާއި އެކު ދާ ފަރާތްތަކަށް ޚާއްސަ ވިލާއެއްވެސް މި ރިސޯޓުގައި ހުރެއެވެ.

ލު މެރީޑިއަން ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ސްޕާގެ ޚިދުމަތްވެސް މި ރިސޯޓުން ލިބެން ހުންނާނެއެވެ.

މެރިއެޓް އިންޓަރނޭޝަންލްގެ ދަށުން ޓޫރިޒަމްގެ ދާއިރާގެ 30 ބްރޭންޑެއް އޮޕަރޭޓްކުރާއިރު، މީގެ ތެރެއިން ބައެއް ބްރޭންޑުތަކުގެ ރިސޯޓްތައް މިހާރުވެސްދަނީ ރާއްޖޭގައި ހިންގަމުންނެވެ.