ކުޅިވަރު

ސިޓީއަށް މާބޮޑު ޕްރެޝަރެއް ނެތް - ޕެލެގްރިނީ


ބޮރޫޝިޔާ މޮންޚެންގްލެޚްބާރއާ ދެކޮޅަށް ނުކުންނައިރު
މާބޮޑު ޕްރެޝަރެއް ނެތްކަމަށާ ޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުން
މޮޅުވުންކަމަށް މެންޗަސްޓަރ ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނެފިއެވެ.



ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި
މިރޭ މެންޗަސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ބޮރޫޝިޔާ މޮންޚެންގްލެޚްބާރއާ ދެކޮޅަށް
ނުކުންނައިރު އެ ޓީމު މިހާރުވެސް ވަނީ ގަދަ ސޯޅައިން ޖާގަ ހޯދާފައެވެ. 

މިރޭގެ މެޗަށް
ނުކުތުމުގެ ކުރިން ޕެލެގްރިނީ ބުނީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގައި
ހުރި ޔާޔާ ޓޫރޭ ފިޓްވުންކަމަށާ މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދައިގެން
ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅައިން ފުރުޞަތު ހޯދަންކަމަށެވެ.

"ޓޫރޭ ފިޓްވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް. ދެވަނަ ބުރުގެ ޖާގަ ޔަގީންވެފައި އޮތަށް މި މެޗް ސިޓީ ފަސޭހައެއް ނުކުރާނެ. އަމާޒަކީ ތިން ޕޮއިންޓާއިއެކު މެޗް ނިންމާލުން" ކޯޗް ޕެލްގެރިނީ ބުންޏެވެ.

 ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗްގައި މެންޗަސްޓަރ ސިޓީއާ ބޮރޫޝިޔާ މޮންޚެންގްލެޚްބާރގް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ ބާރަގަޑި ސާޅީސް
ފަހެއްގައެވެ.