ޚަބަރު

އީ ގޭޓްގެ ޚިދުމަތް އެއާރޕޯޓުގައި ތަޢާރަފްކުރަނީ




އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއާރޕޯޓް އިން ދަތުރުކުރާ ދިވެހިންނަށް އީ ގޭޓްގެ ޚިދުމަތް
ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.



މީޑިޔާއަށް މަޢުލޫމާތުދެއްވަމުން
އިމިގްރޭޝަން ޑިޕާޓްމަންޓްގެ މީޑިއާ އޮފިސަރ ހަސަން ޙަލީލް ވިދާޅުވީ އެއާޕޯރޓްގައި
އީ-ގޭޓް ބަހައްޓާ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް
މަސައްކަތްކުރަމުންދާކަމަށެވެ. 

މިޚިދުމަތާއެކު ޕާސްޕޯޓްގައި އިމިގްރޭޝަން ތައްގަނޑު
ޖަހަން މަޑުކުރަން ނުޖެހޭނެކަމަށާ، އޭގެ ބަދަލުގައި ޖެހޭނީ އީ-ގޭޓްގައި ޕާސްޕޯޓާއި ބޯޑިން ކާޑު
ސްކޭން ކުރުމަށްފަހު އިނގިލީގެ ނިޝާން ޖައްސާލަންކަމަށް ހަސަން ޙަލީލް ވިދާޅުވިއެވެ.




ހަސަން ހަލީލް
ވިދާޅުވީ މިޚިދުމަތް ފުރަތަމަ ދޭނީ ދިވެހިންނަށްކަމަށާއި، ފުރާ މީހުންގެ ހޯލުގައި 1 ގޭޓް އަދި އަންނަ މީހުންނަށް 3 އީ - ގޭޓް ހުންނާނެކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ.



މީގެ އިތުރުން ޕާސްޕޯޓުގެ އާކުރާ ފަރާތްތައް ކިއޫގައި މަޑު ކުރުން މަދުކުރުމުގެ ގޮތުން ޕާސްޕޯޓު އާ ކުރުމަށް ހުށަހެޅުމަށް ކިއޮސްކްތަކެއް
ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ހަސަން ހަލީލް
ވިދާޅުވިއެވެ. 

މި މެޝިންތައް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާ
އަންނަ މަސްތެރޭގައި މިޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ
ވިދާޅުވިއެވެ. އަދި އިމިގްރޭޝަނުން ޚިދުމަތްދޭ ކައުންޓަރުތަކުގެ ޢަދަދު
އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓް
އިން މަޢުލޫމާތުދެއްވައެވެ.