ޚަބަރު

"އުޒުރުވެރިންގެ ޕާސްޕޯޓު، އުޒުރުވެރިންނާއި ހަމައަށް"


ޕާސްޕޯޓްގެ ޚިދުމަތް ހޯދުމަށް އިމިގްރޭޝަން އޮފީހަށް ދިއުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ގޭގެއަށް ގޮސް ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް އަތޮޅުތަކުގައި އަންނަށް އަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ހާމަކުރައްވައިފިއެވެ."އުޒުރުވެރިންގެ ޕާސްޕޯޓު، އުޒުރުވެރިންނާއި ހަމައަށް" މި ނަމުގައި އިމިގްރޭޝަނުން ފެށި މިހިދުމަތުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ދޮށީ އުމުރުގެ މީހުންނަށް، އީ-ޕާސްޕޯޓްގެ ޚިދުމަތް، އެފަދަ މީހުންގެ ގޭގޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.މިހާތަނަށް ގޭގެޔަށް ގޮސްގެން ޕާސްޕޯޓް ހެއްދުމަށް އެދިފައިވަނީ ދެ ފަރާތެއްކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މީޑިޔާރ އޮފިސަރ މުޙައްމަދު ހަލީލް ވިދާޅުވިއެވެ.މިހާރު ގޭގެޔަށް ގޮސްގެން  ޕާސްޕޯޓްގެ ޚިދުމަތްދެނީ ހަމަ އެކަނި އަންގާރު ދުވަހުންކަމަށާއި ނަމަވެސް އަންނަ އަހަރު މިކަން މިއަށްވުރެ ފަސޭހަ ގޮތެއްގައި މި ޚިދުމަތްދޭނެ ނިޒާމެއް ހަމަޖެހިގެން ދާނެކަމަށް މުހައްމަދު ހަލީލް ވިދާޅުވިއެވެ.