ސިއްހަތު

ސިއްޙީ ޚިދުމަތުގެ ޤާނޫނަށް ކަމާބެހޭ ފަރާތްތަށް އަހުލުވެރިކުރަނީ


ސިއްޙީ ޚިދުމަތާ ބެހޭ 2 ޤާނޫނަކަށް ކަމާބެހޭ ފަރާތްތަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.މިއަދު ކުރުނބާ މޯލްޑިވްސްގައި ފެއްޓެވި މި ބައްދަލުވުމުގައި މާލެ އާއި އަތޮޅުތެރެއިން ޞިއްޙީ ދާއިރާގެ ކަމާބެހޭ 79 ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވެއެވެ.ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ.ޝީޒާ ޢަލީ ވިދާޅުވީ މިބައްދަލުވުމަކީ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި، ޞިއްޙީ ދާއިރާގެ ފަންނީ ޚިދުމަތްތެރިންގެ ޤާނޫނަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކާއި، ކްލިނިކްތަކުގެ މެނޭޖަރުންނާއި، ހިންގެވުމުގައި އިސްކޮށް ތިއްބަވާ ފަރާތްތަށް މަޢުލޫމާތުދެއްވުމަށް ބާއްވަވާ ބައްދަލުވުމެއްކަމަށެވެ.3 ދުވަހުގެ މިބައްދަލުވުމުގެ ފުރަތަމަ ދެދުވަހު ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ދުވަހު ޞިއްޙީ ޚިދުމަތުގެ ފަންނީ ޚިދުމަތްތެރިންގެ ޤާނޫނާގުޅޭ މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާކަމަށް ޝީޒާ ވިދާޅުވިއެވެ. އެގޮތުންއަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ޢަމަލުކުރައްވަން ފަށްޓަވާ މިދެޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.