ޚަބަރު

ގދ.ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ


ގދ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ އުމުރުން 90އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު އިރުއޮއްސި 06:60 ހާއިރު ތިނަދޫގައި ހުންނަ ގދ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައެވެ.

މިއީ ކޯވީޑް ޖެހިގެން ރާއްޖޭގައި ނިޔާވި 226 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 207ދިވެހިންނާ، 19 ބިދޭސީންނެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ ހޯމަ ދުވަހުއެވެ. އެދުވަހު ނިޔާވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 92 އަހަރުގެ އަންހެނެވެ.

ރާއްޖޭގައި ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މޭ މަހުއެވެ. މޭ މަހު 80އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވިއެވެ. ރާއްޖޭގަ މިހާރުވަނީ މަޑުމަޑުން ކޮވިޑް ކޮންޓްރާލްވާން ފަށާފައެވެ. ވޭޓުވެދިޔަ 24ގަޑިއިރު ބައްޔަށް ޕޮޒިޓިވްވީ 139މީހުންނެވެ. ރާއްޖެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 80000އިން މައްޗަށް އަރާފައެވެ.