މުނިފޫހިފިލުވުން

"ޑޯންޓް ލުކް އަޕް"އިން ލިއެނާޑޯއާއި ޖެނިފަރއަށް އެތައް މިލިއަން ޑޮލަރެއް


އެޑަމް މެކްކޭގެ ނެޓްފްލިކްސް ކޮމެޑީ ފިލްމު "ޑޯންޓް ލުކް އަޕް" އަށް އޮސްކާ ޙާސިލްކޮށްފައިވާ ތަރި ލިއެނާޑޯ ޑިކެޕްރިއޯ އާއި ޖެނިފަރ ލޯރެންސް މިހާރުވަނީ ތައްޔާރުވެފައެވެ.

މިސީރީޒްގެ ހުރިހާ މަސައްކަތެއް ފަށަން ތައްޔާރުވެފައިވާއިރު މި ސިރީޒުން މި ދެ ތަރިންނަށް ލިބޭ މުސާރަވެސް ކުޑައެއް ނޫނެވެ. ލިއެނާޑޯ މި ސީރީޒް ކުޅޭދޭ އަގަކީ 30 މިލިއަން އެމެރިކާ ޑޮލަރެވެ. ޖެނިފަރގެ އަގަކީ 25 މިލިއަން އެމެރިކާ ޑޮލަރެވެ.

މި އަގަށް ބަލާއިރު މިއީ ކުވެންޓިން ޓަރަންޓީނޯގެ "ވަންސް އަޕޮއޮން އަ ޓައިމް އިން ހޮލީވުޑް" އިން ލިއެނާޑޯ ލިބުނު އާމްދަނީއަށް ވުރެވެސް ބޮޑު އަދަދެކެވެ.

ޖެނިފަރވެސް މި ސީރީޒުން ނަގާ އާމްދަނީ އެހެން އުފެއްދުންތަކުން އާއްމުކޮށް ނަގަމުން އަންނަވަރަށޤ ވުރެ 5 މިލިއަން ބޮޑެވެ. މިއާއިއެކު ހޮލީވުޑް ޓެލެންޓް އޭޖެންޓް ސޫ މެންގާރސް ގެ މައްޗަށް އުފައްދާ ބަޔޯޕިކް އަށްވެސް ޖެނިފަރ ޑިމާންޑް ކުރާނީ މިވަރުގެ މުސާރައެއްކަމަށް ބެލެވެއެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ޕައުލޯ ސޮރެންޓީނޯ އެވެ.

އެޑަމް މެކްކޭ ލިޔެ ޑައިރެކްޓް ކުރާ "ޑޯންޓް ލުކް އަޕް" ސައިންސް ފިކްޝަން ބްލެކް ކޮމެޑީޢެކެވެ. މި ފިލްމުގައި ދައްކުވައިފދެނީ ދުނިޔެއަށް ވެއްޓޭ ގިނަ ހިލައެއްގެ ވާހަކަ މީހުންގެ ސަމާލުކަމަށް ގެންނަން ދެމީހަކު ކުރާ ދަތުރެއްގެ ވާހަކަތަކެވެ. 2019 ވަނަ އަހަރު އިއުލާންކުރުި މި ފިލްމު މިއަހަރު ނެޓްފިލްކްސަށް އަންނާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް އަދި ތާރީހެއް ނުދެއެވެ.