ކުޅިވަރު

މެޗްގެ ނަތީޖާ ގޯހެއް ނޫން، ގުރޫޕްގެ 1ވަނަ ހޯދޭނެ - އޮސްކާ


މެޗް އެއްވަރުވެގެން ނިންމާލަން ޖެހުނު ނަމަވެސް ނަތީޖާއާއި މެދު ހިންހަމަޖެހޭކަމަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗުން ބަލިވުމާއި ގުޅިގެން އިންޑީޔާގެ ބެންގަލޫރު އެފްސީ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މިމެޗް އެއްވަރުވުމާއި ގުޅިގެން ބަޝުންދުރާއަށް ވަނީ މިއަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް އިންތިޒާރު ކުރާށެވެ. މިއަންނަ އަންގާރަ ދުވަހު ހަވީރު އޭޓީކޭ މޯހަން ބަގާން އާއި ބަޝުންދުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ އެއްވަނަ ލިބިގެންދާނެއެވެ.

މެޗަށްފަހު ވާގަކަދައްކަމުން ބަޝުންދުރާ ކިންގްސްގެ ކޯޗް ކޯޗު އޮސްކާ ބުރުޒޮން ބުނީ މެޗުން ބަލިނުވެ، އެއްވަރު ކޮށްލެވުމުންވެސް ހިންހަމަޖެހޭކަމަށާއި މެޗް ފެށިއިރުވެސް މިއީ ވަރަށް އުދަނގޫ މެޗަކަށްވާނެކަން އެގޭކަމަށެވެ. ހާއްސަކޮށް ގުރޫޕްގައި ކުރިއަށް ދިއުމަށް ބެންގަލޫރު މެޗުން މޮޅުވާން މަޖުރޫބު ވެފައިވުމުން އެޓީމުން މެޗަށް ނިކުންނާނީ ވަރަށް ވަރުގަދަކޮށްކަމަށް އެގޭކަމަށްވެސް ބުރުޒޮން ބުންޏެވެ. އަދި މެޗްގައި ކަންތައްތައް ދިޔައީވެސް ހީކުރި ގޮތަށްކަމަށެވެ. ބަޝުންދުރާއިން މެޗްގައި ގިނަ ހަމަލާތަކެއް އުފެއްދުނު ނަމަވެސް މެޗްގައި އެޓީމްއަށް ބެންގަލޫރުގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވިއެވެ. ބަޝުންދުރާގެ ކޯޗް އޮސްކާ ބުނީ މެޗްގައި ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށްކަމަށާއި ގޯލެއް ނުޖެހުން ފިޔަވާ އެހެން ހުރިހާކަމެއް ކުރެވުނު ކަމަށެވެ. އަދި މެޗްގެ ފަހު ކޮޅުގައި ކުރިއަށް އަރައިގެން، ބައިކޮޅަށް ގޯލެއް ވަނުމުގެ ރިސްކެއް ނެގުމުގެ އެއްވެސް ބޭނުމެއް ނެތުމުން ބަޝުންދުރާއިން ވިސްނީ ފަހަތުގައި މަޑުކޮށްލައިގެން މެޗް ސުމެއް ސުމަކުން ނިންމާލަންކަމަށްވެސް ބުރުޒޮން ބުންޏެވެ. އަދި މިމެޗް އެއްވަރުވުމުންވެސް ބަޝުންދުރާއަށް އަބަދުވެސް ގުރޫޕްގެ އެއްވަނަ ހޯދުމަށް ފުރުސަތު އެބައޮތްކަމަށާއި ގުރޫޕްގެ ފަހު މެޗްގައި މޯހަން ބަގާންގެ މައްޗަށް ކުރި ހޯދުން މުހިންމުކަމަށް ރާއްޖޭގެ ނިއު ރޭޑިއަންޑް ސްޕޯޓްސް ކުލަބްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އޮސްކާ ބުންޏެވެ.

" މެޗްގައި ކުޅުންތެރިން ވަރުބަލިކަމަކަށް ނުފެނޭ. ދިމާވި މައްސަލައަކީ އުފައްދަން މަސައްކަތް ކުރި ހަމަލާތައް، އުފެއްދުމުގައި ދިމާވި މައްސަލަތައް. ގިނަ ފަހަރު ފަހު ޕާސް ގޯސްވެގެންދިޔައީ. މެޗްގެ ފުރަތަމަ ހާފްގައި ގޯލެއް ޖެހުނުނަމަ، މެޗްގެ ފަހު ހާފް ވެގެންދާނީ ވަރަށް ތަފާތު ހާފަކަށް. މެޗްގެ އޮއިވަރުވެސް ބަދަލްވެގެންދިޔައީސް. މެޗްގައި ވަރަށް ގިނަ ފައިދާ ހުރި ކަންތައްތަކެއް ވެސް ކުރެވުނު. ދެ މެޗުން ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓުމުން އުވާފޭ. ފުރަތަމަ މެޗް ކާމިޔާބުކޮށް، ދެވަނަ މެޗް އެއްވަރުކޮށްލެވުމަކީވެސް ގޯސް ނަތީޖާއެއް ނޫން. މެޗްގައި ހަމައެކަނި ބަޝުންދުރާއިން ޑިފެންސް ކުރިއެކޭއެއް ނުބުނެވޭނެ، ގިނަ ފަހަރުތަކުގައި ބަޝުންދުރާއިން ކުރިއަރައިގެންވެސް ކުޅުނުކަން ފާހަގަކޮށްލެވޭ. އަދި ޑިފެންސްލައިންއިން މެޗުގައި ދައްކާފައިވަނީ މޮޅު ކުޅުމެއް." ބަޝުންދުރާގެ ކޯޗް އޮސްކާ ބުންނެވެ.