ކުޅިވަރު

ރެޑްބުލް ވިނިންގ 5 މާލޭގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓަށް


ރެޑްބުލް
ވިނިންގ 5 ކޮލިފައިންގ ރައުންޑްގެ މާލޭބައިގެ  ޗެމްޕިއަންކަން
ރޮކް ސްޓްރީޓް ހޯދައިފިއެވެ.



ނޮކްއައުޓް
އުސޫލުން ކުރިއަށްގެންދިޔަ މާލޭގެ ކޮލިފައިންގ ބުރުގެ ޗެމްޕިއަންކަން ރޮކް
ސްޓްރީޓް  ހޯދީ ވާދަވެރި ފައިނަލެއްގައި ކުލަބް
ޕީކޭއާ ވާދަކޮށް، ތިން ލަނޑު ސުން ލަނޑުން
މެޗް ކާމިޔާބުކޮށްގެންނެވެ. ރެޑްބުލް ވިނިގްފައިވް މާލޭ ކޮލިފައިންގައި 128 ޓީމްވަނީ ބައިވެރިވެފައެވެ. މިކޮލިފައިންގެ
ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ މިމަހުގެ 11 އަދި 12ގައި މާލޭގައެވެ. މިކޮލިފައިންގެ ފައިނަލް ބުރުގައި މާލޭއިން ވާދަކުރާ 6 ޓީމަކީ ސަން އެފްސީ، ބިސް ޕޮމް ޕޮމް، އިންވިކްޓޯ، ބައިސް، އެފްސީ ބެން ކިއު އަދި ނިއޯނާއެވެ. 



ފައިނަލް
ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު ޖުލައި މަހުގެ ތެރޭގައި
ބްރެޒިލްގެ ތަރި ނޭމާގެ އެކަޑަމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސެލް
މުބާރާތަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިދަތުރުގައި ނޭމާގެ އުފަންރަށް
ކަމަށްވާ ސަންތޯސް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.