ޚަބަރު

ބ.އޭދަފުށްޓާއި ކަމަދޫ މޮނިޓަރިންއަށް


ބ.އޭދަފުއްޓާއި އެއަތޮޅު ކަމަދޫން ކޯވިޑް ބަލި ފެނި އެދެރަށް މޮނިޓަރިންއަށް ލައިފިއެވެ. އޭދަފުށިން ބަލި ފެނުނީ ރޯގާގެ އަލާމާތްތަކެއް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހެއްގެ ގައިންނެވެ. މިއަދު އެރަށުން ކޯވިޑް ބަލި ފެނުނު މީހާއެކު 4 މީހަކު މިހާތަނަށް އެރަށުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކަމަދޫންވެސް ބަލިފެނުނީ ރޯގާގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖެއްގެ ގައިންނެވެ. މިބަލި އެރަށުން ފެނުމާގުޅިގެން އެރަށު ސްކޫލްގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. މީ ކަމަދޫ މޮނިޓަރިންނަށް ލީ ފުރަތަމަފަހަރެވެ.

މީގެ ކުރިން އޭދަފުށިން ކޯވިޑް ބަލި ފެނި މިއަހަރު އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންނަށް ލާފައެވެ. އެފަހަރު އެރަށް މޮނިޓަރިންއިން ނެގީ ދެމަހަށްވުރެ ގިނަ ދުވަސްފަހުންނެވެ. އެގޮތުން އެރަށުން ކޯވިޑް ކޭސް ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 315 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މި ދެރަށުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން އަންގާފައިވާ ގޮތައް އަމަލުތައް ބެހެއްޓުމަށް މިދެރަށުގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.