ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލަށް އަލަށް އިތުރުކުރާ ބަޔާއެކު ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ


ބ.އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް މިހާރަށް ވުރެ ފުޅާކޮށް އެހޮސްޕިޓަލުން، ލިބެންނެތް އިތުރު ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ބައްޓަން ކުރުމަށް ސަރުކާރާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލަށް އަލަށް އިތުރުކުރާ ބަޔާއެކު ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ އާބާދީގައި 14،500އަށްވުރެ ގިނަ މިހުން އުޅެއެވެ. އަދި ބ.އަތޮޅަކީ ގިނަ ރިޒޯޓްތައް ވެސް ތަރައްޤީ ކޮށްފައިވާ ރަށަކަށް ވުމުން އެއަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަބަޔަކު ޞިއްޚީ ޚިދުމަތް ހޯދަން ބަރޯސާވާ ހޮސްޕިޓަލެއްކަން ފާހަގަކޮށްލެވެއެވެ.

ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ އާބާދީގައި 14،500އަށްވުރެ ގިނަ މީހުން އުޅެއެވެ. އަދި ބ.އަތޮޅަކީ ގިނަ ރިޒޯޓްތައް ވެސް ތަރައްޤީ ކޮށްފައިވާ ރަށަކެވެ. އެހެންކަމުން އެއަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަބަޔަކު ޞިއްޚީ ޚިދުމަތް ހޯދަން ބަރޯސާވާ ހޮސްޕިޓަލެއްކަން ފާހަގަކޮށްލެވެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިހާރު ލިބެން ނެތް ޚިދުމަތްތައް އެހޮސްޕިޓަލުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިވައިދެއްވާނެ ކަމަށާއި، މިހުރިހާ ޚިދުމަތެއް ފޯރުކޮށްދޭނީ އިމާރާތުގެ ޖާގަ ތަނަވަސްކޮށްދެއްވުމަށް ފަހުގައި ކަމަށް ބ.އަތޮޅުގެ ސިއްޙީ ޚިދުމަތަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްޙޫރިއްޔާ މިވަޢުދުފުޅާ އެއްގޮތަށް ގިނަ ޚިދުމަތްތަކެއް ބ.އަތޮޅު ހޮސްޕިޓަލުން މިހާރު ލިބޭކަމީ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ދައްކުވައިދޭކަމެކެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް މުޙައްމަދު ރަޝީދު ވިދާޅުވީ، ސަރުކާރާ ގުޅިގެން ރައްޔިތުންނަށް އެންމެ މުހިންމު ޚިދުމަތްތައް ދެނެގަނެ އެޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން މިހާރު ހަދާ އާ އިމާރާތް ނިމުމުން މިއަހަރު ތެރޭގައި ޑަޔަލިސިސްގެ ޚިދުމަތް ދެވޭނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

"މިހާރުވެސް މިޚިދުމަތް ބޭނުންވާ ވަރަށް ގިނަބަޔަކު މި އަތޮޅުގައި އެބަތިބި، އަތޮޅުގެ މީހުންގެ އިތުރުން އެހެން އަތޮޅު ތަކުގެ މީހުންނަށްވެސް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް މިކަން ވެގެންދާނީ، އަދި ރައްޔިތުން މިކަމަށް މިހާރު ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެން ދާނެކަމަށްވެސް ގަބޫލް ކުރެވޭ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މިހާރު ޑަޔަލިސިސްގެ ޚިދުމަތް ހޯދުމަށް ގިނަ މީހުންދަނީ މާލެއަށާއި ރ އުނގުފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ.

އަލަށް އިތުރު ކުރެވޭ ބަޔާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށްވެސް ހައްލު ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އަލަށް އިތުރުކުރާ އިމާރާތުގައި ހިމެނޭ މައިގަޑު ބައިތަކަކީ ރިސެޕްޝަން އޭރިއާއަކާއި، ބަލިމީހުން ބަލާ ކޮޓަރިތަކެއްގެ އިތުރުން ޑައިލެސިސްގެ ޚިދުމަތައް ޚާއްސަ ބައެކެވެ. ޑަޔަލިސިސްގެ ޚިދުމަތަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް މިހާރު އެހޮސްޕިޓަލަށް ލިބިފައިވާއިރު، މިއަހަރުތެރޭގައި މިޚިދުމަތް ފޯރުކޮށް ދިނުމަށް ހޮސްޕިޓަލުންވަނީ އަމާޒު ހިފާފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ރޭޑިއޮލޮޖީގެ ޚިދުމަތާއި އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަށީގެ ބަލިތައް، އަންހެނުންގެ ބަލިތައް، އަދި އެތެރެހަށީގެ ބަލިތައް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ޚިދުމަތްތައް ދޭން ފަށާފައިވަނީ އަތޮޅުތަކުގެ ސިއްޙީ ނިޒާމް ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.