ސިޔާސީ

ނާޒިމްގެ މައްސަލާގައި ދައުލަތުން ސިއްރު ލިޔުމެއް ހުށައަޅައިފި


ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގައި ޖަލަށްލާފައިހުރި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ދައުލަތުން ސިއއްރު ލިޔުމެއް ހައިކޯޓަށް ހުށައަޅައިފިއެވެ.މީގެ ކުރިން ހުއަޅާފައިނުވާ މި ލިޔުން ޝަރީއަތަށް ހުށައަޅަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ލިޔުމަކީ ދައުލަތުގެ ސިއްރު ލިޔުމެއްކަމަށެވެ. އަދި އެ ލިޔުމަކީ ނާޒިމަށް ހުކުމް އިއްވި ފަހުން ފާހަގަވި ކަންތައްތަކެއް ހިމެނޭ ލިޔުމެއްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.ނާޒިމްގެ މައްސަލާގައި ދައުލަތުން ހުށައެޅި އެއްވެސް ސިއްރު ލިޔުމެއް ދިފާއި ވަކީލުނަށް މިހާތަނަށް ދީފައެއް ނުވެއެވެ. އެހެންމަވެސް މިއަދު ހުށައެޅި ލިޔުން ނާޒިމްގެ ދިފާއީ ވަކީލުންނާއި ހިއްސާކުރުމަށް ދައުލަތުގެ ވަކީލް އެދިވަޑާއިގެންފައިވެއެވެ.ނާޒިމްގެ އިސްތިއުނާފް  މައްސަލައިގެ އަޑުއެހުންތައް ހުއްޓުމަކަށް އައިސް އޮންނަތާ ދުވަސްތަކަށްފަހު މިއަދު އަލުން ފެށި އިރު މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލްވެފައިވެއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގެ  އޮތީ ނާޒިމްގެ ފަރާތުން ޖަވާބްދާރީވުމެވެ.  މައްސަލަ އަށް ޖަވާބްދާރީ ވަމުން ނާޒިމްގެ ގާނޫނީ ވަކީލް ހުސުނުއް ސުއޫދް ވިދާޅުވީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުމުގެ ކުރިން މެލޭސިޔާ ނަމްބަރަކުން ވަރަށް ގިނަ ފަހަރު ގުޅާ މެސެޖްކޮށް އިންޒާރް ދިންކަމަށެވެ. އަދި ނާޒިމް ހައްޔަރުކުރި ފަހުންވެސް އެ ނަމްބަރު މެސެޖެއް ލިބުނުކަމަށާއި ހަތިޔާރު ފެނުނީ އެ ނަމްބަރުން ކުރި ކޯލްތަކާއި މެސެޖްތަކަށް ޖަވާބް ނުދިނުމުންކަމަށްވެސް ބުނެފައިވާކަމަށް ނާޒިމްގެ ވަކީލް ވިދާޅުވިއެވެ.ގަޑިއިރަކަށް ތާވަލްކޮށްގެން ކުރިޔަށް ގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާވާނެކަން މައްސަލަ ބައްލަވާ ބެންޗުން އިއުލާންކުރެއްވުމަށް ފަހުގައެވެ.